ކޯވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލީގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފަ...

24 Jul 2021 | 06:55

ކޯވިޑް-19 ބަލީގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ރޭ 23:43 ގައެވެ.

މި މީހާގެ މަރާއެކު ކޯވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 219 އަށް އަރާފައެވެ.

ކޯވިޑް-19ގައި ރާއްޖެ އިން މިހާތަނަށް ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 202 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ވަގުތު ކޯވިޑް-19 ޖެހިފައި ތިބި މީހުންގެ ޖުމުލަ އަދަދަކީ 2600 އެވެ. އިއްޔެ އިރުއޮއްސުމާއި ހަމައަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ހުރީ 11 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް