ރާއްޖޭގައި ވަރީގެ ނިސްބަތް ދަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންނެވެ. މީގެ ސަބަބުން އާއިލާތަކަށާއި ދަރިންނަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. ބޮޑަށް ބެލެވެނީ މިއީ ކައިވެނި ކުރާއިރު ބަލަންވާ ކަންކަމަށް ނުބެލުމުގެ ސަބަބުން ދިމާވާ ހާލަތެއް ކަމަށެވެ.
ކައިވެނި ކުރާ އިރު ބައިވެރިޔާގެ ހުންނަން ޖެހޭ ސިފަ ތަކަކީ ކޮބާ؟
ގެވެހި:
ކައިވެނިކުރާ ބައިވެރިޔާއަކީ ގެވެހި މީހަކަށް ވެއްޖެ ނަމަ ވަރަށް ޚަރަދު ސަލާމަތްވެއެވެ. ހޮޓާތަކުން ޓޭކްއަވޭ ހެދުމުގެ ބަދަލުގައި ގޭގައި ކެއްކުމުގެ ސަބަބުން މަހުގައި ކެއުމަށް ކުރާ ޚަރަދު ކުޑަވެއެވެ. އަދި ގޭތެރޭގައި ކުރާ މަސައްކަތްތައް ދެމަފިރިން ބަހާލައިގެން ކުރުމުން އެކުގައި ހޭދަކުރާ ވަގުތު މަޖާވެ މަސައްކަތްކުރާ މީހަކަށް ކުރަންޖެހޭ ޚަރަދުން ސަލާމަތްވެއެވެ. ޝެޑިއުލެއް ހަދާލައިގެން ކުރާ މަސައްކަތްތައް ބަހާލުމުން ދެމީހުންނަށްވެސް ދެމީހުންގެ ޒިންމާ ހަނދާންވެއެވެ. މީގެ ސަބަބުން މުސްތަޤްބަލުގައި ދަރިންނަށްވެސް ނަމޫނާ ފެނެއެވެ.
ތެދުވެރި:
ތެދުވެރިވާންވީ ހަމަ އެކަނި ރައްޓެހިވެގެން އުޅޭ އިރަކު ނޫނެވެ. ކައިވެނި ކުރުމުންވެސް އެސިފަ ދައްކަން ޖެހެއެވެ. އިހުސާސްތަކަށް ތެދުވެރިވެ، ބައިވެރިޔާއަށް ދޮގު ނުހަދާ ކަން އޮތްގޮތަށް ކިޔައިދިނުމުން މައްސަލަތައް ހައްލު ކުރަން ފަސޭހަވެގެންދެއެވެ.
ވަގުތު ދިނުން:
ވަގުތަކީ އެންމެ ތަދު އެކައްޗެވެ. ވަގުތު ނުދިނުމުގެ ސަބަބުން ވަރަށް ލޯބިން އުޅޭ ދެމީހުންގެ ދޭތެރޭވެސް ފާރެއް ރޭނިގެންދެއެވެ. މީގެ ސަބަބުން އަނބިމީހާވެސް ފިރިމީހާވެސް ދެމީހުން އެކަކު އަނެކަކާ މެދު އޮންނަ ގާތްކަން ދުރުވެ އެހެން މީހުންނާ ވާހަކަދެކެވި ބޮޑު ކަންތައްގަނޑެއް ހިނގައެވެ. މަސައްކަތުގައި އުޅުނަސް އާއިލާއާއި ރަށްޓެހިންނަށް ވަގުތު ދޭންޖެހޭ ގޮތް އަމިއްލައަށް މެނޭޖު ކުރެވެން ޖެހޭނެއެވެ.
މި ކަންކަމުގެ އިތުރުންވެސް ބައިވަރު ކަންކަން ހުންނާނެއެވެ. މިކަންކަމަށް އެކަނި ބަލާލުމުންވެސް ދެމީހުންނަށް ދިރިއުޅުން ފާގަތި ކުރެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް