ދެ ސްޓާރުންގެ ދެމެދުގައި އަބަދުވެސް ކޯޅުންގަނޑެއް ނެތްނަމަ ބޮލީވުޑް ފުރިހަމައެއް ނުވާނެއެވެ. މިކަހަލަ ގިނަ ކަންކަން މީޑިއާގެ ސަމާލުކަމަށް އާދެއެވެ. އަދި ބައެއް ކަންކަން އެވެސް ވަރަކަށް އަޅައިނުގަނެވެސް ހުރެއެވެ. ނަމަވެސް ޝާހިދު ކަޕޫރާއި، ފަރްދީން ޚާންގެ ދެބަސްވުންތަކަށް މީޑިއާގެ ފުރިހަމަ ސަމާލުކަން ވަނީ ލިބިފައެވެ.
ޝާހިދުއާއި ފަރްދީން ވަނީ 2004 ވަނަ އަހަރު ނުކުތް ފިލްމު ފިދާގައި އެކުގައި މަސައްކަތްކޮށްފައެވެ. މި ފިލްމުގައި ފަރްދީނާއި ކަރީނާއާއި ދެމެދު ވަރަށް ގައިގޯޅި މަންޒަރުތަކެއް ނެގިގެން ދިއުމުގެ ސަބަބުން ޝާހިދުއާއި ފަރްދީންގެ ދެމެދުގައި ވަނީ ހޫނު ބަހުސެއް ގޮސްފައެވެ. އެތަނުގައި ހުރި މީހަކު މީޑިއާއަށް މައުލޫމާތުދެމުން ބުނީ، ދެމީހުން ހަމައަކަށް އެޅުވުނީ ވަރަށް މަސައްކަތުން ކަމަށެވެ.
އިންޓަވިއުއެއްގައި ފަރްދީން ބުނީ، ޝާހިދުއާއި އޭނާ އަކީ މާގާތް ރަށްޓެހިން ނޫން ކަމަށާއި ދެމީހުންނަށް އެއްގަލަކަށް ނޭރޭ ކަމަށެވެ. ނަމަވެސް ބޮޑު ހަމަނުޖެހުމެއް ދެމީހުންގެ މެދުގައި ނުހިނގާ ކަމަށާއި ޝާހިދުއަކީ ބޮޑު ނުވާ ކުޑަކުއްޖެއް ކަމަށެވެ. އަދި އޭނާ ވަނީ ވާހަކަ ހިފައިގެން ދުވެފަ ކަމަށާއި އެކަން ހުއްޓަން ބުނި ކަމަށް ފަރްދީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް