ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާ އަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވި ފަހުން އެ މަނިކުފާނުގެ ހާލުކޮޅު ބައްލަވާލައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެއްވެސް ގޮތަކަށް ގުޅުއްވާފައިނުވާ ކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
ޢޭނާް ވިދާޅުވީ ވަރަށް ހިތާމަޔާއެކު ކުރެއްވި ޓްވީޓެއްގައެވެ. ވިދާޅުވީ ނަޝީދު ޖަރުމަންވިލާތަށް ވަޑައިގެންނެވި ފަހުން އަދި މިހާތަނަށް ރައީސް ސޯލިހު، ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް އެއްވެސް ގޮތަކަށް ގުޅުއްވާފައިނުވާ ކަމަށް ނަޝީދު ވިދާޅުވުމުން ވަރަށް ދެރަވެއްޖެ ކަމަށެވެ.
https://twitter.com/Dhonbiley/status/1418617875493883905
ދޮންބިލެތް ކުރެއްވި މި ޓްވީޓު ރައީސް ނަޝީދުގެ ފޭކް ޓްވިޓާ އެކައުންޓް ކަމަށްވާ "އެލެކްސް އަހްމަދު"ގެ އެކައުންޓުން ރިޓްވީޓްކޮށްފައިވެއެވެ. އަދި ބައެއް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ރިޓްވީޓު ކޮށްފައިވެއެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައި މި ވަނީ އެ ޕާޓީ ދެ ފަޅި ވެފައިވާއިރު ރައީސް ޞާލިހާއެކު ސިޔާސީ ގޮތުން ދެން ހުރެވެން ނެތް ކަމަށް ނަޝީދު ދާދިފަހުން ވިދާޅުވުމުންނެވެ.
އެ ޕާޓީގެ ތެރޭގައި މިހާރު އޮތީ އިސް ލީޑަރު ޞާލިހުގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފެކްޝަނެއް އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް