މީގެ 16 އަހަރު ކުރިން އެމްޑީޕީން ހޯދަން ނިކުތްއެތި މިއަދު އެމްޑީޕީއަށް ވެސް އޮޅިފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާ ތަމްސީލުކުރައްވާ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
މެމްބަރު ޝިޔާމް މި މޭރުމުން ޓްވީޓެއް ކުރެއްވީ، އަދުގެ ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަަދު އަސްލަމް ވިދާޅުވުމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒު ފަހުމީ ރައްދު ދެއްވުމާއި ގުޅިގެންނެވެ.
ޝިޔާމް ވިދާޅުވީ މީގެ 16 އަހަރު ކުރިން އެމްޑީޕީން ހޯދަން ނިކުތް އެތި މިއަދު އެމްޑީޕީއަށް ވެސް އޮޅިފައިވާ ކަމަށާއި ޔަގީނުން ވެސް 16 އަހަރު ފަހުން އެމްޑީޕީ އަށް ލިބިފައިމިވަނީ ހޯދަން މަސައްކަތް ފެށި އެތި ނޫންކަން އެމްޑީޕީގެ އެންމެ އިސްވެރިން އިން ފަށައިގެން އާންމު މެމްބަރުންނަށް ވެސް އެނގޭނެ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައި މި ވަނީ އެ ޕާޓީ ދެ ފަޅި ވެފައިވާއިރު ރައީސް ޞާލިހާއެކު ސިޔާސީ ގޮތުން ދެން ހުރެވެން ނެތް ކަމަށް ނަޝީދު ދާދިފަހުން ވިދާޅުވުމުންނެވެ.
އެ ޕާޓީގެ ތެރޭގައި މިހާރު އޮތީ އިސް ލީޑަރު ޞާލިހުގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފެކްޝަނެއް އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް