މާލޭގެ އިއްޒަތްތެރިިން އައްޑޫ މީހުންނަށް ބުލީކުރުން އާއްމުކަމަކަށް ވެފައިވާ ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ކަންބޮޑުވުންފާޅުކޮށްްފިއެވެ.
ޝަރީފް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ މި މޭރުމުން ޓްވީޓެއް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް އަމާޒުވެފައި ވަނިކޮށެވެ.
ޝަރީފް އޭނާގެ ޓްވީޓްގައި ވިދާޅުވީ އައްޑޫ މީހުން ސިޔާސީ ގޮތުން ބަސް ބުނުމުން މާލޭގެ އިއްޒަތްތެރިން އައްޑޫ މީހުންނަށް ބުލީ ކުރުމަކީ ރޭވިގެން ހިންގާ އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. އޭނާ ވަނީ އެކަން ކުށްވެރި ވެސް ކޮށްފައެވެ،
ސްލަމަށް ފާޑުކިޔުން އަމާޒުކޮށްފައިމިވަނީ އެމްޑީޕީ ތެރެއިން ސަރުކާރު ބަލިކޮށްލުން ބަލައިނުގަނެވޭނެ ކަމަށާއި ޕާޓީގެ އެންމެ ބޮޑު މަގުސަދަކަށް ވާންޖެހޭނީ ވެރިކަން ދެމެހެއްޓުން ކަމަށް ދާދިފަހުން އަސްލަމް ވިދާޅުވުމާ ގުޅިގެންނެވެ.
އެ ވާހަކަތަކާ ގުޅިގެން އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ފަދަ މެމްބަރުން ރައްދު ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް