ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް)އިން ސެލްފް ސަރވިސް ޝެޑަކާއެކު ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ،
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ގަސަމް ޓީވީ ޕްރޮގުރާމެއްގައި ވިދާޅުވީ، މިހާރު ގާއިމުކޮށްފައިވާ ޕްޓްރޯލް ޝެޑަކުން ސެލްފް ސަރވިސްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އައު ޝެޑެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށައި އޭގެ ކުރިން މާލެ ސަރަހައްދުގެ ކޮންމެވެސް އެއް ޝެޑެއް ސެލްފް ސަރވިސްގެ ޚިދުމަތް ދެވޭގޮތަށް ބަދަލުކުރެވިގެން ދާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަހަރުގެ ކުރިއަށް އޮތް ތަނުގައި 2 މަދަރ ވެސަލް މަރާމާތުކުރަން ޖެހޭކަމަށާއި އެ މަރާމާތަށް ކޮލަންބޯގެ ބޯޓްޔާޑަށް ގެންދިއުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. ރާއްޖޭގައި މިހާރު 18 ބާޖު ވާކަމަށާއި އެ ހުރިހާ ބާޖަކީވެސް ކޮންމެ 2 އަހަރަކުން އެއް އަހަރު ބޯޓްޔާޑަށް ގެންދެވި މަރާމާތު ކުރެވޭ ބާޖުތަކެއްކަމަށް ގަސަމް ވިދާޅުވިއެވެ.
ގަސަމް ވަނީ އެންމެ ފުރަތަމަ މަގާމާ ހަވާލުވެވަޑަގަތްއިރު މާލޭގައި ޒަމާނީ ޕެޓްރޯލް ޝެޑެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދިއަ ކަމަށާއި މަގާމާއި ހަވާލުވެވަޑައިގެން އެމަސައްކަތް ކުރިއަށް ގެންދަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި މި ޝެޑުގެ ބިންގާ އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ސްޓޭޓް ޓްރޭޑިން އޯގައިނޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމް އިން ދަނީ ގްރޭޓަރ މާލޭގެ އިތުރުން ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައިވެސް ތެލުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް