ހަރުކަށި ފިކުރާ ގުޅޭ ގޮތުން އިންތި ގަބޫލުކުރައްވަނީ ނަޝީދު ދައްކާ ވާހަކަފުޅުތައް!

ހަރުކަށި ފިކުރާ ގުޅޭގޮތުން ގަބޫލު ކުރެވޭނީ، ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅު އެކަނި ކަމަށް މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓ...

24 Jul 2021 | 05:43

ހަރުކަށި ފިކުރާ ގުޅޭގޮތުން ގަބޫލު ކުރެވޭނީ، ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅު އެކަނި ކަމަށް މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

އިންތި ވިދާޅުވީ، މިކަމާ ގުޅޭގޮތުން ޕާޓީގެ އެހެން މީހެއްގެ ވާހަކައަށް ބުރަދަނެއް ނުދެވޭނެ ކަމަށާއި، ހަރުކަށީ ފިކުރާއި ބޮން ގޮއްވުމުގެ ޝިކާރައަކަށް ވެފައިވަނީ ރައީސް ނަޝިދު ކަމަށެވެ. އެމަނިކުފާނަށް އަމާޒުކޮށް އެ ހަމަލާ ދިނީވެސް ބޮން ގޮއްވުމާއި ހަރުކަށި ފިކުރު މި ރާއްޖޭގައި ފެތުރެމުން އަންނަ ވާހަކަ އެމަނިކުފާނު ދެއްކެވުމުން ކަމަށެވެ.

https://twitter.com/Imthiyazfahmy/status/1418560506470670339

"ހަރުކަށި ފިކުރުގެ ބޮންގޮއްވުމުގެ ޝިކާރަކަށް ހަދާފައި އެވަނީ ރައީސް ނަޝީދު. އެއީ މި ޕާޓީގެ ރައީސް. ބޮން ގޮއްވީ އެކަން މި ރާއްޖޭގައި ފެތުރެމުންދާތީވެ އެވާހަކަ ދެއްކެވުމުން. މި މައުލޫގައި މިވަގުތު މި ޕާރޓީގެ ވަކި އެހެން މީހެއްގެ ބަހަކަށް ހަމަޤައިމު އަޅުގަނޑަކަށް ބުރަދަނެއް ނުދެވޭނެ" އިންތިގެ ޓްވީޓްގައި ވެއެވެ،

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުން ކުރިއަށްގެންދިޔަ ޚާއްސަ އިންކުއަރީ ހެދި 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ، ޕާޓީގެ މައިގަނޑު މަގްސަދަކަށްވާން ޖެހޭނީ، ސަރުކާރު ދެމެހެއްޓުން ކަމުގައެވެ. އެއީ ސަރުކާރު އެކުލަވާލީ އެމްޑީޕީއިން ގަބޫލުކުރާ އަސާސެއްގެ މައްޗަށް ބިނާކޮށް ކަަމަށް އޭނާ ދެކޭތީއެވެ.

އަސްލަމް ވާހަތަކަށް ރައްދު ދެއްވުމުން އިންތި ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވަނީ އެކަމާއި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް