ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށް ފަހު މެންބަރުން މަޖިލީހަށް ވަދެވަޑައިގެންފި

ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންފި އެވެ. ބައެއް މެންބަރުން މަޖިލީހުގެ ގޯތި ތެރެއަށް ވަދެވަޑައިގެންނެވީ ގޭޓުމަތިންނެވެ. އެގަޑީގ...

24 Jul 2017 | 08:04

ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންފި އެވެ.

ބައެއް މެންބަރުން މަޖިލީހުގެ ގޯތި ތެރެއަށް ވަދެވަޑައިގެންނެވީ ގޭޓުމަތިންނެވެ. އެގަޑީގައި ފުލުހުން ވަނީ މެންބަރުންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާފައި އެވެ.

އޭގެ އަސަރުކޮށްގެން ކާށީދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައި އެވެ. އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ.

މެންބަރުން އެންމެ ފުރަތަމަ މަޖިލީހަށް ވަޑައިގަންނަން މަސައްކަތް ކުރީ ކުނޫޒުގައި ބޭއްވި ބައްދަލުވުމަކަށް ފަހު 12:45 އަށެވެ. އެކަމަކު ކުނޫޒު ސަރަހައްދު ކުއްލިއަކަށް ފުލުހުން ބަންދުކޮށް ހަމައެކަނި މަޖިލީސް މެންބަރުންނަށް އެ ސަރަހައްދުން ނުނިކުމެވޭގޮތް ހަދާފައި އެވެ.

އެކަމަކު ފަހުން ފުލުހުން ވަނީ މެންބަރުން ވަޑައިގެންނެވުމަށް ދޫކޮށްލާފައި އެވެ،

ކުނޫޒު ސަރަހައްދުގެ އިތުރުން އެމްޑީޕީ ހަރުގެ ހިމެނޭ ސަރަހައްދަށްވެސް ބަޔަކު ވަނީ އެއްވެފައި އެވެ. އެމީހުންގެ ތެރެއަށް ފުލުހުން ކަރުނަގޭސް ޖަހާފައިވާއިރު ދުވަސްވީ މީހަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި އެވެ.

https://twitter.com/Roxeyna/status/889411232876318722

https://twitter.com/Roxeyna/status/889407947305922561

އެކަމަކު އޭގެ 20 ވަރަކަށް މިނިޓު ފަހުން ފުލުހުންނާއި ސިފައިން ވަދެ މަޖިލީސް މެންބަރުން ވަނީ މަޖިލީހުގެ އިދާރާއިން ނެރެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް