އާލާ ދައްކަން ޖެހުނު ޖޫރިމަނާ ފައިސާ ދިޔާނާ ދައްކައިދީފި

އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ ގާނޫނު ދަށުން ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް، ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކަން ޖެހުނު 50،000 ރުފިޔާ ކުރީގެ ބަންޑާރަ ނައިބު ދިޔާސާ ސައ...

24 Jul 2017 | 07:55

އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ ގާނޫނު ދަށުން ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް، ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކަން ޖެހުނު 50،000 ރުފިޔާ ކުރީގެ ބަންޑާރަ ނައިބު ދިޔާސާ ސައީދު ދައްކައިދީފި އެވެ.

އެކަމަށް ޓުވީޓާގައި އާލާ ވަނީ ދިޔާނާއަށް ޝުކުރު އަދާކޮށްފައި އެވެ.

އާލާ ޖޫރިމަނާކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި ރޭޕް މައްސަލައެއްގެ ހަބަރު ލިޔުނު އިރު ޖެންޑާ މިނިސްޓްރީގެ އިސްވެރިއެއްގެ ނަން ހިމަނާފައިވާތީ ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރާއްޖެ ޓީވީ ދެލައްކަ ރުފިޔާ އިން ޖޫރިމަނާކުރި އިރު އާލާ ޖޫރިމަނާކުރީ 50،000 ރުފިޔާއިންނެވެ.

އާލަ މީޑިއާގައި ބުނެފައިވަނީ ޖޫރިމަނާ ފައިސާ ދައްކައި ދިނުމަށް ދިޔާނާ އެދުނީ އަމިއްލަފުޅަށް ކަމަށެވެ.

މި މައްސަލަ އަލުން ބަލައިދިނުމަށް އާލާ މީގެ ކުރިން ވެސް ބްރޯޑްކޮމް އަށް ހުށަހެޅި އެވެ. އަދި ޖޫރިމަނާގެ ފައިސާ މިއަދު ދައްކާފައިވީ ނަމަވެސް، އޭނާ އަށް ފިޔަވަަޅު އަޅާފައިވަނީ ބޭއިންސާފުން ކަމަށްވާތީ އެ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް އާލާ ބުންޏެވެ.

އާލާ އަކީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރި ފުރަތަމަ ނޫސްވެރިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް