ޕާކިސްތާނުގެ ބޮޑުވަޒީރު މާދަމާ ރާއްޖެ ވަޑައިގެންނަވަނީ

މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ރަސްމީ ދަތުރުފުޅެއްގައި  މާދަމާ ރާއްޖެ ވަޑައިގެންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ...

24 Jul 2017 | 07:34

މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ރަސްމީ ދަތުރުފުޅެއްގައި  މާދަމާ ރާއްޖެ ވަޑައިގެންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ނަވާޒު ޝަރީފް ރާއްޖެއަށް ކުރައްވަނީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން ރައީސް އަބްދުﷲ ޔާމީނާއި ނަވާޒް ޝަރީފް ބައްދަލު ކުރައްވާ ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވާނެ އެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އެއްވުންތަކެއް އެކުލަވާލާނެ ކަމަށް ރައީސް އޮފީހުން ބުނެ އެެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރައީސް ގައުމާއި މުހާތަބު ކުރެއްވުމާއި، 26 ވަނަ ދުވަހު ހަވީރު އޮންނަ ސިފައިންނާއި ސްކޫލް ކުދިން ބައިވެރިވާ ޕެރޭޑުގެ އިތުރުން 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިައފިވާ ރަސްމީ ޖާފަތެވެ. އިތުރު ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް