ރައްޔިތުންގެ މަޖިލީހުގެ ގޭޓު ތަކުގައި ތަޅު އަޅުވައިފި

ރައްޔިތުންގެ މަޖިލީހުގެ ގޭޓުތަކުގައި ތަޅު އަޅުވައި ސިފައިން ސެކިއުރިޓީ ބަލަހައްޓަމުން އެބަ ދެ އެވެ. ކުއްލިއަކަށް މިއަދު ގޭޓޫތަކުގައި ތަޅު އަޅުވާފައިވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ މިއަދު މެންދުރު 12...

24 Jul 2017 | 06:02

ރައްޔިތުންގެ މަޖިލީހުގެ ގޭޓުތަކުގައި ތަޅު އަޅުވައި ސިފައިން ސެކިއުރިޓީ ބަލަހައްޓަމުން އެބަ ދެ އެވެ.

ކުއްލިއަކަށް މިއަދު ގޭޓޫތަކުގައި ތަޅު އަޅުވާފައިވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ މިއަދު މެންދުރު 12:00 ގައި މަޖިލީގެ ޖަލްސާއެއް އޮންނާނެކަމަށް އިއުލާނުކޮށްފައި އެވެ. އެކަމަކު މަޖިލީހުގެ އިދާރާއިން އިއްޔެ ބުނީ މަޖިލީހުގެ ޖަލްސާއެއް އަދި ކޮމިޓީއެއްވެސް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.

އާންމުކޮށް ތިބޭ އަދަދަށްވުރެ ގިނައިން ސިފައިން މަޖިލީހުގެ އިދާރާގައި ސެކިއުރިޓި ބަލަހައްޓަމުންދާއިރު އިދާރީ މުވައްޒިފުންނަށް ކޮންމެ ފަހަރަކު ވަކިން ތަޅު ހުޅުވައިގެން ގޭޓު ހުޅުވައި ދެނީ ސިފައިންނެވެ. އާންމުކޮށް އިދާރީ މުވައްޒިފުން ވަންނަ ދޮރު ހުންނަނީ ހުޅުވާފައި އެވެ. މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން އެއްވެސް މައުލޫމާތެއް މީޑިއާ އާއި ހިއްސާއެއް ނުކުރެ އެވެ.

މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން ކުރިން އެޖެންޑާ ކުރި އެވެ. އެއީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ އެވެ.

އެ މައްސަލަ މަޖިލީހުން ބޭރުކޮށްލައި މެންބަރުންނަށް ސިޓީ ފޮނުއްވީ ނައިބު ރައީސް ރީކޯ މޫސާ މަނިކު ސޮއި ކުރައްވަ އެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ އެ މައްސަލައިގަ ސޮއި ކުރެއްވި 45 މެންބަރުންގެ ތެރެއިން އެއް މެންބަރަކު ސޮއި އަނބުރާ ގެންދަވާ، ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާތީ އެ މައްސަލައިގަ ވޯޓަށް އެހެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް