ސަ ރެ ގަ މަ ޕާ" އިން ވިދާލި ޒައިން ރައްޓެއްސެއްގެ ގޭގައި މަރުވެފަ އޮއްވަ ފެނިއްޖެ"

ޒީޓީވީން ދައްކާ މަޝްރޫރު "ސަ ރެ ގަ މަ ޕާ" އިން މަޝްހޫރުވެގެން ދިޔަ ޕާކިސްތާނު ލަވަކިޔުންތެރިޔާ ޒައިން އަލީ މަރުވެފައި އޮއްވަ ފެނިއްޖެ އެވެ. އޭނާ މަރުވެފައި އޮއްވަ ފެނުނީ ލާހޯރުގައި ހުންނަ ރަހުމަތްތެރި...

24 Jul 2017 | 02:20

ޒީޓީވީން ދައްކާ މަޝްރޫރު "ސަ ރެ ގަ މަ ޕާ" އިން މަޝްހޫރުވެގެން ދިޔަ ޕާކިސްތާނު ލަވަކިޔުންތެރިޔާ ޒައިން އަލީ މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.

އޭނާ މަރުވެފައި އޮއްވަ ފެނުނީ ލާހޯރުގައި ހުންނަ ރަހުމަތްތެރިއެއްގެ ގޭތެރެއިންނެވެ. އޭނާ ހަށިގަނޑު ފެނިފައިވަނީ އެގޭ ފާހަނަ ތެރެއިންނެވެ. އެހެންވެ ޒައިންގެ މަރާއި މެދު ސުވާލުތަކެއް ފުލުހުން ވަނީ އުފައްދާފައި އެވެ.

ޒައިންގެ ބޭބެއާ ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އޭނާ އެގެއަށް ދިޔައީ މިމަހުގެ 20 ވަނަ ދުވަހު ރައްޓެހިންތަކަކާއި ބައްދަލު ކުރަން ކަމަށެވެ. އަދި ޒައިން އާއި އެއްވެސް މީހަކާއި މައްސަލަ ޖެހިގެން އުޅޭކަން އެނގިފައި ނުވާކަމަށް ބޭބެ ބުނެފައިވެ އެވެ.

ޒައިން މަރުވެފައި އޮއްވަ ފެނިފައިވަނީ ވަރަށް އަވަހަށް ޕާކިސްތާނު ފިލްމަކަށް ލަވައެއް ލިޔަން ތައްޔާރުވަމުން ދަނިކޮށެވެ.

އޭނާ ލަވަކިޔުމުގެ ދާއިރާއިން ވިދާލީ 2012 ވަނަ އަހަރުގެ ސަ ރަ ގަ މަ ޕާ ސީޒަން އިންނެވެ. އެ ޝޯއަކީ ޕާކިސްތާނުގައިވެސް ވަރަށް މަގުބޫލު ޝޯއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް