ހއ. އިހަވަންދޫއިން މަސްބާނަން ނިކުމެ އުޅުނު ދޯންޏެއް އެ އަތޮޅު ހުހަވަންދޫ(ލިލީ ބީޗް ރިސޯޓް) ފަރުމައްޗަށް ބަންޑުން ޖަހާލައިފި އެވެ.
އެ ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި ހަތަރުމީހަކު ތިބި ކަމަށާއި ދޯނި ބަންޑުން ޖަހާލުމުން ދޯނީގައި ތިބި މީހުން ފަތާފައި ހުވަންދުއަށް އަރާފައިވާކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތު ދެއެވެ.
ބަންޑުން ޖަހާލާފައިވަނީ ދިގުމިނުގައި 45 ފޫޓު ހުންނަ، އަޒުމް ކިޔާ ދޯންޏެކެވެ. އެ ދޯންޏަކީ އިހަވަންދޫ ދޯންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް