ރ. މަޑުއްވަރީގައި ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެރަށުވެ ދުވެލި ގޭގައި މީހަކު ދަންޖެހުނު ކަމުގެ ރިޕޯޓުކޮށްފައިވަނީ 16:00 ހާއިރު ކަމަށެވެ.
ދަންޖެހިފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ދުވަހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ދަންޖެހިފައި ހުރީ އޭނާ ދިރިއުޅޭ ގޭގަ ކޮޓަރިއެއް ތެރޭގަ އެވެ.
މަރުކަޒަށް ގެންދިޔުމުގެ 4 ވަރަކަށް ގަޑިއިރު ކުރިން އެމީހާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން މަޢުލޫމާތު ދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް