އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި އަލް ޤައިދާގެ ވެރިޔަކު މަރުވެއްޖެ

އަލް ގައިދާއިން ދޭ ޖާނުން ފިދާވުމުގެ ހަމަލާތަކާއި ބޮން ބޭނުންކޮށްގެން ދޭ ހަމަލާތަކާއި ހަވާލުވެ ހުންނަ އިސްވެރިޔާ، އެމެރިކާއިން އަފްގާނިސްތާނުގައި ދިން ވައިގެ ހަމަލާއެއްގައި މަރުވެއްޖެއެވެ. މިހަމަލާގައ...

24 Jul 2015 | 11:43

އަލް ގައިދާއިން ދޭ ޖާނުން ފިދާވުމުގެ ހަމަލާތަކާއި ބޮން ބޭނުންކޮށްގެން ދޭ ހަމަލާތަކާއި ހަވާލުވެ ހުންނަ އިސްވެރިޔާ، އެމެރިކާއިން އަފްގާނިސްތާނުގައި ދިން ވައިގެ ހަމަލާއެއްގައި މަރުވެއްޖެއެވެ.

މިހަމަލާގައި މަރާލެވިފައިވަނީ އަބޫ ޙަލީލް އަލް ސުދާނީއެވެ. ސުދާނީއަކީ އެމެރިކާގެ އިތުރުން އަފްގާނިސްތާނާއި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށް ދީފައިވާ ހަމަލާތައް ރޭވުމުގައި އިސްވެ ހަރަކާތްރެރިވެފައިވާ މީހެކެވެ. މީގެ އިތުރުން ސުދާނީއަކީ އަލްގައިދާގެ ލީޑަރުކަމުގައިވާ އައިމަން އަލް ޒަވަޙްރީގެ އަރިސްމީހެކެވެ. އަދި ސުދާނީއަކީ އަލްގައިދާގެ މުހިންމު ނިންމުންތައް ނިންމަން ހަދާފައިވާ ކައުންސިލެއްގެ ވެސް މެމްބަރެކެވެ.

ސުދާނީ މަރުވެފައިވަނީ  މިމަހުގެ 11 ވަނަ ދުވަހު އަފްގާނިސްތާނުގެ ޕަކްތިކާ ޕްރޮވިންސްގެ ބާރމަލް އަވަށުގައި އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި ކަމަށް ޕެންޓަގަންއިން މައުލޫމާތުދެއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް