މަސްތުގެ ހާލަތުގައި ހުރި ފަސިންޖަރަކު، އެހެން ފަސިންޖަރުން އަށް އުނދަގޫކޮށް ފްލައިޓް އެޓެންޑެންޓުން ބުނާގޮތް ހަދަން ދެކޮޅު ހެދުމުން ސީޓްބެލްޓާއި ޓޭޕް ބޭނުން ކޮށްގެން ފްލައިޓްތެރޭގައި ބަނދެފިއެވެ. މިހާދިސާ ހިނގީ ހޮންގް ކޮންގް އިން ފުރައިގެން ރަޝިޔާއަށް ދަތުރުކުރަމުން ދިޔަ ސައިބީރިޔާގެ އެއާރ ލައިންއެއްގައެވެ.
ޔޫޓިޔުބްގައި އާންމުވެފައިވާ މިޙާދިސާގެ ވީޑިޔޯ އަކުން ފެންނަގޮތުގައި މި ފަސިންޖަރުގައިގައި އަތުންނާއި ފައިންތަޅާ ބިންމައްޗަށް ވައްޓާލުމުގައި ގިނައަދަދެއްގެ ފަސިންޖަރުން ބައިވެރިވެއެވެ. ރަޝިޔާގެ ވްލަޑިވޯސްޓޮކްގައި މި ފްލައިޓް ޖެއްސުމާއެކު މި ފަސިންޖަރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައެވެ.
ވައިގެ އުދުހުންތަކުގައި ދިމާވާ މިފަދަ ހާދިސާތައް ގިނަވަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް