މަޖިލީހުގެ ރައީސްގެ ނަމުގައި ހަދާފައިވާ ޓުއިޓާ އެކައުންޓަކީ ފޭކު އެކައުންޓެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނަންފުޅުގައި ބޭނުންކުރަމުންދާ ޓްވިޓަރ އެކައުންޓަކީ މަޖިލީހުގެ ރައީސްގެ އެކައުންޓެއް ނޫން ކަމަށް މަޖިލީހުން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުން ނެރުނު ނޫސް ބަޔާނެއްގައި...

24 Jul 2015 | 10:37

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނަންފުޅުގައި ބޭނުންކުރަމުންދާ ޓްވިޓަރ އެކައުންޓަކީ މަޖިލީހުގެ ރައީސްގެ އެކައުންޓެއް ނޫން ކަމަށް މަޖިލީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ  ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނަންފުޅުގައި މިހާރު ސޯޝަލް މީޑިއާގައި ބޭނުންކުރަމުންދާ ޓްވިޓަރ އެކައުންޓަކީ މަޖިލީހުގެ ރައީސްގެ އެކައުންޓެއް ނޫން ކަމަށާއި މަޖިލީހުގެ ރައީސް ޓްވިޓަރ އެކައުންޓެއް އަދި މިހާތަނަކަށް ނުގެންގުޅުއްވާ ކަމަށެވެ.

މިބާވަތުގެ ކަންކަން ކުރާ ފަރާތްތަކުން ކޮންމެ ނިޔަތެއްގައި އެކަންކުރެއްވި ކަމުގައިވިއަސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނަމާ، ފޮޓޯ ބޭނުންކޮށްގެން މިބާވަތުގެ ކަންކަން ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށާއި، މިކަން މިގޮތަށް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިލްތިމާސް ކުރައްވާ ކަމަށްވެސް މި ނޫސް ބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް