އައިއެސްއިން މަގެއްގައި ހަރުކޮށްފައި އޮތް ލޭންޑްމައިނެއް ގޮވުމުގެ ސަބަބުން އައިއެސް ގެ ދެލީޑަރަކު މަރުވެފައިވާކަމަށް ޕެޝްމެރްގާގެ އޮފިޝަލަކު މައުލޫމާތު ދީފިއެވެ.
މައުލޫމާތު ދިން އޮފިޝަލް ބުނެފައިވަނީ މިހާދިސާ ހިނގީ މިދެލީޑަރުންއާއެކު ދަތުރު ކުރަމުންދިޔަ ވެހިކަލް ތައް ލޭންޑްމައިން އަށް އެރުމުގެ ސަބަބުންއެވެ. ކަރްބަދަންގައި ހިނގި މިހާދިސާގައި މަރުވެފައިވަނީ އެސަރަހައްދުގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތުގެ ދެ ލީޑަރެކެވެ.
މިމަހުގެ ކުރީކޮޅުގައި އައިއެސް އިން ކުކުޅުގައި ބޮން ހަރުކޮށްގެން ހަމަލާތައްދޭން ތައްޔާރުވަމުން ދާކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް