ޓިޝޫ ވިއްކަން އުޅުނު ސީރިޔާ ރެފިޔުޖީ ކުއްޖަކަށް ހަމަލާދިން ތުރުކީގެ ރެސްޓޯރެންޓް މެނޭޖަރެއްގެ މައްޗައް ދައުވާކުރަން އެކުއްޖާގެ މަންމަ ނިންމައިފިއެވެ.
މިކުއްޖާއަށް ރެސްޓޯރެންޓްގެ މެނޭޖަރު ހަމަލާދިނީ އޭނަގެ ރެސްޓޯރެންޓުގައި ތިބި ކަސްޓަމަރުން ކައިރިއަށްގޮސް ޓިޝޫ ވިއްކަން އުޅެން ފެށުމުން އެކަން ހުއްޓުވުމުގެ ގޮތުން، އެކުއްޖާ ރެސްޓޯރެންޓުން ބޭރުކުރަން އުޅެން ފެށުމުން އެކުއްޖާ ނުނިކުންނަން ގަދަހެދުމުންއެވެ. އެ ކުއްޖާއަށް އަނިޔާކުރަންފެށުމުން ކައިރިން ދިޔަމީހުން މެނޭޖަރަށް ހުރަސް އަޅަން މަސައްކަތް ކުރިނަމަވެސް މީނާ ވަނީ އެކުއްޖާގެ ގައިގާ ތަޅާ އަނިޔާކޮށްފައެވެ. މެނޭޖަރު އަނިޔާކުރަން ފެށުމުން މިކުއްޖާވަނީ އެރެސްޓޯރެންޓުން ފިލާފައެވެ.
މިޙާދިސާ ހިނގިތާ ދެދުވަސް ފަހުން އެޤައުމުގެ ފުލުހުން ވަނީ އެކުއްޖާއާއި އެކުއްޖާގެ މަންމަ ހޯދައި ރެސްޓޯރެންޓް މެނޭޖަރ އާދެކޮޅަށް މައްސަލަޖެއްސުމަށް އެދިފައެވެ. މިޙާދިސާ ހިނގި އިޒްމިރް އަވަށުގެ ޕޮލިސް ކޮމިޝަނަރ މީޑީޔާއަށް މަޢުލޫމާތުދެމުން ބުނެފައިވަނީ މިޙާދިސާ ހިނގިކަން އެނގުނު ވަގުތުން ފަށައިގެން އެކުއްޖާހޯދުމުގެ މަސައްކަތްފެށިކަމަށާއި އެކުއްޖާއާއި އެކުއްޖާގެ މަންމައަށް އެހީތެރިވެދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅަންފެށިކަމަށެވެ.
މިޙާދިސާ ހިނގި އިޒްމިރް އަވަށުގެ ބަސްމާން އަކީ ގިނަ އަދަދެއްގެ ސީރިޔާގެ ރެފިޔުޖީން ދިރިއުޅެމުން ދާ ހިސާބެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް