އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ 600 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 5،332 މީހުން ޒަހަމްވެއްޖެ

އީރާނާ ދެކޮޅަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި އީރާނުގެ 600 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. މިކަން ހާމަކޮށްފައި ވަނީ އީރާނުގެ ހެލްތު މިނިސްޓަރު މުހައްމ...

24 Jun 2025 | 18:13

އީރާނާ ދެކޮޅަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި އީރާނުގެ 600 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އީރާނުގެ ހެލްތު މިނިސްޓަރު މުހައްމަދު ރިޒާ ޒަފަރުކަންދީ އެެވެ.

އޭނާ އާ ހަވާލާދީ މީޑއާ ރިޕޯޓުތައް ބުނާ ގޮތުން ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ 606 މީހުން ވަނީ ޝަހީދުވެފައެވެ.

އަދި އިޒްރޭލުން އީރާނަށް ހަމަލާދޭންފެށި ފަހުން ޖުމްލަ 5،332 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ.

މީގެ އިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނަށް އިޒްރޭލުން ދިން އެންމެ ނުރައްކާތެރި ސިލްސިލާ ޙަމަލާތަކުގެ ސަބަބުން މިއަދު ހެނދުނު ހަނގުރާމަ ހުއްޓާލުމުގެ ކުރިން 107 މީހުން ޝަހީދުވެ 1342 މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

އިޒްރޭލުން ވަނީ މި މަހުގެ 13 ވަނަ ދުވަހު އީރާނުގެ އެކި ކަންކޮޅުތަކުގައި ހުރި ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ބައެއް އިސްވެރިން ވަނީ ޝަހީދުވެފައެވެ. އަދި އެ ހަމަލާތަކުގައި އާންމުންގެ ބައެއް މީހުންވެސް ވަނީ ޝަހީދުވެފައެވެ.

މި ހަމަލާތަކާއި ގުޅިގެން އީރާނުން ރައްދު ހަމަލާތައް ހަމަ އެ ދުވަހު ދީފައިވާއިރު، އޭގެ ފަހުން މިއަދު ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި ހަމައަށް ދެ ފަރާތުންވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް