ލިލީ ލިބިއްޖެތަ؟ އެންމެން މިދައްކަނީ ކޮން ވާހަކައެއް؟

އިއްޔެއާ މިއަދު ސޯޝަލް މީޑިއާގައި މާ ބާރަށް ލިލީގެ ވާހަކަ އެބަ ދެކެވެ އެވެ. އެއްބަޔަކު ލިލީ ލިބިގެންނެވެ. އަނެއް ބަޔަކު ލިލީ ބޭނުންވެގެންނެވެ. ވެގެން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ ބައިވަރު ލިލީތަކަކާއިއ...

24 Jun 2025 | 16:40

އިއްޔެއާ މިއަދު ސޯޝަލް މީޑިއާގައި މާ ބާރަށް ލިލީގެ ވާހަކަ އެބަ ދެކެވެ އެވެ. އެއްބަޔަކު ލިލީ ލިބިގެންނެވެ. އަނެއް ބަޔަކު ލިލީ ބޭނުންވެގެންނެވެ. ވެގެން މިއުޅެނީ ކިހިނެއް ހެއްޔެވެ؟

ބައިވަރު ލިލީތަކަކާއިއެކު އެންމެ ފުރަތަމަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރީ ބަތަލާ އައިޝާ އަލީ އެވެ. ބެލެވޭ ގޮތުގައި މި ދައްކާ “ލިލީ ކެމްޕެއިން” ފެށުނީ މިހާ ހިސާބުންނެވެ. އެއާއެކު އެތައް ބަޔަކު ލިލީ ލިބިގެން އޭގެ ފޮޓޯތައް އާންމު ކުރަން ފަށައިފި އެވެ.

ލިލީއާއެކު ފޮޓޯތައް ޕޯސްޓު ކުރަން ފެށީ ކްރިއޭޓިވް ނެޓްވޯކް ނަމަކަށް ކިޔާ ޕްރޮޑަކްޝަން ހައުސް އަކުންނެވެ. ލަވަކިޔުންތެރިނާ ފިލްމީ ފަންނާނުންނާއި އެނޫންވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ލިލީ ދީފި އެވެ. މީގެ އިތުރުން މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި މިނޫންވެސް ދަންނަ އެތައް މޫނެއް ފޮޓޯތަކުން ފެންނަން ފަށައިިފި އެވެ.

އާންމުންގެ ތެރެއިން ބައެއް މީހުންނަށްވެސް ލިލީ ބަހައިފި އެވެ.

އަދިވެސް ވެގެން މިއުޅެނީ ކިހިނެއްކަމެއް ނުބުނެވޭ ދޯ އެވެ. މިއީ ބެލެވޭ ގޮތުގައި ކެމްޕެއިނެކެވެ. ކްރިއޭޓިވް ނެޓްވޯކުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފީޗާ ފިލްމެއްގެ ފަސްޓް ލުކް އާންމު ކުރި އެވެ. އެހެންކަމުން މިއީ މި ފިލްމާއި ގުޅުންހުރި ކެމްޕެއިނަކަށް ވުން ވަރަށް ގާތެވެ.

މި ކެމްޕެއިންގެ އިތުރު އެއްވެސް ތަފްސީލެއް އަދި އާންމެއް ނުކުރެ އެވެ. އެހެންނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެގެން މިއުޅޭ ގޮތެއް އެނގިދާނެތާ އެވެ.

މިހާރު ކްރިއޭޓިވް ނެޓްވޯކުން ދަނީ ސޯޝަލް މީޑިއާގައި ލިލީ ބޭނުންވެގެން ކޮމެންޓު ކުރާ މީހުންނަށާއި، ސްޓެޓަސް ޖަހާ މީހުންނަށްވެސް ލިލީ ބަހަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް