ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުންފެށިގެން ބޮޑުކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަންހާމަކުރައްވާ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވަޢުދު ވެފައިވާ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުން ނިންމާފައި ވަނީ މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމަށް ރައީސްގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ ވިދާޅުވެފައެވެ.
ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެމުން އަންނަ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް