އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލާއި އީރާނުން 24 ގަޑިއިރުގެ ތެރޭގައި "ފުރިހަމަކޮށް އަދި ޖުމްލަކޮށް" ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ.
ނަމަވެސް، އިސްރާއީލާއި އީރާނުން ވެސް މިކަން އަދި އިޢުލާނުކޮށްފައެއް ނުވެއެވެ. އަންގާރަ ދުވަހުގެ ފަތިހާ ހަމައަށްވެސް، އިސްރާއީލުން ތެހުރާނާއި އެހެނިހެން އީރާނީ ސިޓީތަކަށް ހަމަލާތައް ދެމުން ގެންދިޔައެވެ.
ޓްރަމްޕްގެ ސޯސަލް މީޑިޔާ ޕޯސްޓު ގައި "އަހަރެން މި ދެ ޤައުމަށް، އިސްރާއީލާއި އީރާނަށް، މަރުޙަބާ ދަންނަވަން ބޭނުން، "12 ދުވަހުގެ ހަނގުރާމަ" އޭ ކިޔަންޖެހޭ މި ހަނގުރާމަ ނިންމުމަށް އެ ދެ ޤައުމުން ދައްކާފައިވާ ކެތްތެރިކަމާއި، ހިތްވަރާއި އަދި ވިސްނުންތެރިކަމަށްޓަކައި." މިހެން ބުނެފައި ވެ އެވެ. ޓްރަމްޕްގެ ޕޯސްޓް ވަނީ ވައިޓް ހައުސްގެ ރަސްމީ އެކައުންޓުން ވެސް ޝެއާ ކޮށްފަ އެވެ.
ހޯމަ ދުވަހުގެ ކުރީކޮޅު، އީރާނުން އެމެރިކާގެ ތިން މުހިންމު ނިއުކްލިއަރ ފެސިލިޓީއަކަށް ދިން ބޮމުގެ ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން، ޤަޠަރުގައި ހުންނަ އެމެރިކާގެ ސިފައިންގެ މަރުކަޒަކަށް މިސައިލް ހަމަލާއެއް ދިނެވެ. އެމެރިކާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް