ޚަބަރެއްނުވެ ގެއްލުނުތާ 10 ދުވަސްފަހުން އިޔާޝްގެ ޚަބަރެއް ވެފައިވާކަމަށް ޢާއިލާއާއި ހަވާލާދީ ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން މިރޭ ބުނެފައިވަނީ އަޙްމަދު އިޔާޝް ވަސީމް އޭނާގެ ޢާއިލާއަށް ގުޅާފައިވާކަމަށާއި ޙާލު ރަނގަޅުކަމަށް ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށެވެ.
ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ހޯދަން އިޢުލާނުކުރީ މިދިޔަ ހުކުރު ދުވަހުގައެވެ.
ހުކުރު ދުވަހު ފުލުހުން ބުނެފައިވަނީ އިޔާޝް އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް