ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ. އިން ބ. އަތޮޅަށް ހުދު ސަމާލު

ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ. އިން ބ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ގަޑި...

24 Jun 2024 | 15:36

ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ. އިން ބ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެއިތުރުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއިއެކު ވިއްސާރަ ކުރާނެ ކަމަށެވެ.އަދި އުތުރާއި މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އުތުރާއި މެދުރާއްޖެ ތެރެއަށް ކަނޑުތަށް ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ދެކުނަށް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވެފައި ވިލާގަނޑުގައު ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

އަދި ރާޅުގެ އުސްމިނުގައި 4-2 ފޫޓު ދެކުނުގެ އަތޮޅުތަކަށް ހުންނާނެ ކަމަށާއި، އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުގެ ރާޅު 7-5 ދެމެދު އުފުލޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް