ވައިބާ ހެކްކޮށްގެން ސްކޭމް ކުރުން އިތުރުވަމުން ދާކަން އެބަ ފާހަގަ ކުރެވޭ: ފުލުހުން

ވައިބާރ ހެކްކޮށްގެން ސްކޭމް ކުރުން އިތުރުވަމުން ދާކަން ފުލުހުންނަށް ފާހަގަ ކުރެވޭތީ ސަމާލުވުމަށް ފުލުހުން އެދެފިއެވެ. ފުލުހުން ބުނީ، ވައިބާ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެންބަރުންގެ އަތުން ފ...

24 Jun 2024 | 15:25

ވައިބާރ ހެކްކޮށްގެން ސްކޭމް ކުރުން އިތުރުވަމުން ދާކަން ފުލުހުންނަށް ފާހަގަ ކުރެވޭތީ ސަމާލުވުމަށް ފުލުހުން އެދެފިއެވެ.

ފުލުހުން ބުނީ، ވައިބާ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެންބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެން ކަމުން ފައިސާ ފޮނުވުމުގެ ކުރިން ކާކުކަން ޔަޤީން ކުރުމަށްފަހު ފައިސާގެ މުއާމަލާތްތަށް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި އޯޓީޕީ ކޯޑު އެއްވެސް ހާލަތެއްގައި އެހެން ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ސްކޭމް ކުރުން އިތުރުވަމުން ދާތީ ފުލުހުން ދަނީ އާއްމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ދާދި ފަހުން ވިނަރެސް ފްލެޓަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެޕްލައި ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ވެސް ވަނީ ސްކޭމް މެސެޖެއް ދައުރު ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް