ޣައްޒާގައި 21 ހާސް ކުޑަކުދިން ވަނީ ވީ ނުވީއެއް ނޭނގި ގެއްލިފައި: ސޭވް ދަ ޗިލްޑްރަން ޖަމިއްޔާ

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ޙަމަލާތަކުގެ މުއްދަތުގައި 21 ހާހަށްވުރެ ގިނަ ކުޑަކުދިން އެކި ގޮތްގޮތުން ގެއްލިފައިވާކަމުގައި ސޭވް ދަ ޗިލްޑްރަން ޖަމިއްޔާއިން ބުނެފިއެވެ. އިނގިރޭސިވިލާތަށް ނިސްބަތ...

24 Jun 2024 | 15:12

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ޙަމަލާތަކުގެ މުއްދަތުގައި 21 ހާހަށްވުރެ ގިނަ ކުޑަކުދިން އެކި ގޮތްގޮތުން ގެއްލިފައިވާކަމުގައި ސޭވް ދަ ޗިލްޑްރަން ޖަމިއްޔާއިން ބުނެފިއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އެ ޖަމިއްޔާއިން މިއަދު އާއްމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ އެއަދަދަށް ނޫންނަމަ އެއަދަށްވުރެ ގިނައިން ކުދިން ގެއްލިފައިވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވުމުންނާއި ރެކޯޑު ނުކުރެވޭހެން ވަޅުލެވިފައިވުމުންނާއި ގޮއްވާ ގޮއްވުންތަކުގެ ސަބަބުން ނިޔާވެ ރެކޯޑު ކުރެވިފައި ނުވުމުންނާއި އަދި ހަމަ އެހެންމެ އިސްރާއީލުން ހިފާ ހައްޔަރުކޮށްފައިވާ ކުދިންވެސް ހިމެނޭހެން ކަމަށެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި ޣައްޒާގައި އާއިލާ ގެއްލި ބިކަވެފައިވާ ކުދިންގެ އަދަދުވެސް 17،000 އިން މަތިވާނެކަމުގައި ބެލެވޭ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ޙަމަލަތަކުގައި ޝަހީދުވި މީހުންގެ އަދަދު 37 ހާހަށް އަރާފައިވާއިރު އެ އަދަދުން 14 ހާހަށްވުރެ ބޮޑު އަދަދެއް ހިއްސާ ކުރަނީ ކުޑަކުދިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް