އައްޑޫ ސިޓީ މީދޫގައި ހުރި އިމާރާތެއްގައި މިއަދު ރޯވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފުއެވެ.
ރޯވެފައިވަނީ މީދޫގައި، ކުރިން ފިހާރައެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އިމާރާތެއްގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މިއަދު މެންދުރު 12:48 ހާއިރު، މި ހާދިސާގެ ރިޕޯޓު ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއިއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
މިގޮތުން ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އިމާރާތުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 13:08 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް