ހަސަން ކުރުސީ އެ ފަތުރަނީ ރޯ ބުހުތާނު ދޮގު، ވީޑިއޯއިން ފެންނަނީ ފަލާހެއް ނޫން: ޕީއެންސީ

ހަސަން ކުރުސީގެ ނަމުގައި އެކްސްގައި ހިންގާ އެކައުންޓަކުން ޕީއެންސީ ޕާލަމަންޓްރީ ގްރޫޕް ލީޑަރ އިބްރާޙީމް ފަލާހާ ގުޅޭ ގޮތުން ފަތުރަމުން ގެންދާ ވާހަކަތައް ޕީއެންސީން ދޮގު ކޮށްފިއެވެ. ޕީއެންސީން ބުނީ ހަސަ...

24 Jun 2024 | 14:33

ހަސަން ކުރުސީގެ ނަމުގައި އެކްސްގައި ހިންގާ އެކައުންޓަކުން ޕީއެންސީ ޕާލަމަންޓްރީ ގްރޫޕް ލީޑަރ އިބްރާޙީމް ފަލާހާ ގުޅޭ ގޮތުން ފަތުރަމުން ގެންދާ ވާހަކަތައް ޕީއެންސީން ދޮގު ކޮށްފިއެވެ.

ޕީއެންސީން ބުނީ ހަސަން ކުރުސީ ފަތުރަމުން ގެންދާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށާ އެކަން އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މީގެ އިތުރުން ޕީއެންސީން ބުނީ ސޯޝަލް މީޑިޔާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ކޮންގަރެސް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ފަލާޙު ނޫން ކަން ވާނީ މީގެ ދެ އަހަރު ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރު ކޮށްދީފައި ކަމަށެވެ.

ޕީއެންސީން ބުނީ ރޭގެ ވަގުތެއްގައި ދޮގު ޚަބަރު ފަތުރާފައިވަނީ ހަޤީޤަތާއި ހިލާފު ވާހަކަތައް ފެތުރުމުގައި ހައްދު ފަހަނަ އަޅައިގެން ގޮސްފައިވާ ހަސަން ކުރުސީ ނަމުގައި ހަދާފައިވާ ފޭކް އެކައުންޓަކުން ކަމަށެވެ. އަދި މިނޫންވެސް އެހެން ފަރާތަކުން ވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފަތުރަމުން ދާ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

މިފަދަ ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަ ދައްކާ ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ޕީއެންސީން ވަނީ ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް