ރަސްމީ ދަތުރުފުޅެއްގައި ވަޒީރު ޝަހީމް ޗައިނާއަށް

ރަސްމީ ދަތުރުފުޅެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ޗައިނާއަށް ފުރާވަޑައިގަންނަވައިފިއެވެ. އެ ވުޒާރާއިން ބުނެފައިވާގޮތުގ...

24 Jun 2024 | 14:18

ރަސްމީ ދަތުރުފުޅެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ޗައިނާއަށް ފުރާވަޑައިގަންނަވައިފިއެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުގައި މި ދަތުރުފުޅަކީ 24 ޖޫން 2024 އިން 28 ޖޫން 2024 އަށް ޗައިނާގެ ސިންޖިއަންގ ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މީގެ އިތުރުން މިދަތުރުގައި ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީ ތަކަށް ޒިޔާރަތް ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާއު އަބްދުލް ޙަކީމްވެސް ބައިވެރިވެލައްވާކަމުގައި އެ ވުޒާރާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް