އާއިލާއަށް ޚަބަރެއް ނުވެގެން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ މާލެއިން ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ޙުސައިން ޒިހާން (18އ)،ހ.ބްލޫސްކޫޕް ގެއްލިގެން ހޯދާ ކަމަށް ފުލުހުން އިއުލާން ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނިފައި ވަނީ މި މަހު 21 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން ދެންމެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ހެޔޮ ހާލުގައި މާލެއިން ފެނިފައި ވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް