ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައިވާ ފަރުކޮޅުފުށީގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިރޭ ހަވާ އަރުވަނީ ފަރުކޮޅުފުށީގައި އޮންނަ ޕްރައިވެޓް އިވެންޓެއްގައި ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
އެމްއެންޑީއެފުން ބުނީ ފަރުކޮޅުފުށީގައި މިރޭ ހަވާ އަރުވަނީ22:30 ހާއިރު ކަމަށެވެ.
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ތިން މިނެޓަށެެވެ.
އެއިވެންޓަށް ހަވާ އަރުވަދެނީ ސިފްކޯއިން ވިޔަފާރީ އުސޫލުން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް