ފުވައްމުލަކަށް ނިސްބަތްވާ ޒުވާނާ ގެއްލުނުތާ 10 ދުވަސް، އަދި ޚަބަރެއް ނެތް

ޏ.ފުވައްމަލައް، ދިގުވާންޑު/އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް(24އ) އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާތާ މިއަދަށް ދިހަ ދުވަސް ވެފައި ވާއިރު، އޭނާގެ އެއްވެސް ޚަބަރެއް ނެތް ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސ...

24 Jun 2024 | 11:19

ޏ.ފުވައްމަލައް، ދިގުވާންޑު/އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް(24އ) އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާތާ މިއަދަށް ދިހަ ދުވަސް ވެފައި ވާއިރު، އޭނާގެ އެއްވެސް ޚަބަރެއް ނެތް ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.

އިޔާޝް އެންމެ ފަހުން ފެނިފައިވަނީ މި މަހު 14 ވަނަ ދުވަހު ކަމަށް އާއިލާއިން ފުލުހުނަށް ވަނީ މައުލޫމާތު ދީފައެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން މިއަދުވިދާޅުވީ އިތުރު އަޕްޑޭޓެއް އަދި ނެތް ކަމަށެވެ.

އިޔާޝްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް