އޫރިދޫގެ "ފަން ރަން ލާމު" ގައި ބައިވެރި ވުމުގެ ފުރުސަތު މި މަހުގެ 10 ގައި ހަމަވެފައިވީ ނަމަވެސް ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން އެ ރަންގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށް އޫރިދޫއިން ބުނެފިއެވެ.
"ފަން ރަން ލާމު" ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގައި ލ.ގަމުގައެވެ.
މިފަހަރުގެ ފަން ރަން އަކީ ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖަ ހަރާކާތަށް ވެގެން ދާނެ ކަމަށް އޫރިދޫއިން ބުނެފައި ވެއެވެ.
ފަން ރަން ގައި ބައިވެރިވުމަށް http://ore.do/funrun2024 މި ލިންކް މެދުވެރިކޮށް ނަން ހުށަހެޅޭނެ ކަމަށް އޫރިދޫން ވަނީ ބުނެފައެވެ.
މި ރަން ގައި ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށް އޫރިދޫން ވަނީ ބުނެފައެވެ. މި ރަން ގައި މި ފަހަރުވެސް މަޖާ، ތަފާތު ހަރަކާތްތަކެއް ހިމެނޭ އިރު، ފަސް ކިލޯ މީޓަރުގެ ކުރުދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމަކަށް ވާނެ ކަމަށް އޫރިދޫއިން ވަނީ ބުނެފައެވެ.
ފަން ރަން އަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އޫރިދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނަމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގެ ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖިގުކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމި ދާނެ ކަމަށް އޫރިދޫއިން ވަނީ ބުނެފައެވެ.
ލާމު ފަން ރަންގެ ކިޓުތައް ލިބެން ހުރީ ދެ ކެޓަގަރީއަކަށެވެ. އެއީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސަތޭކަ ރުފިޔާއަށް ލިބޭ ސްޓޭންޑަޑް ކިޓުގައި ހިމެނެނީ ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑެކެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓުގައި އުރީދޫ ފަން ރަން ޓީޝާޓުގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެއެވެ.
އޫރިދޫ ފަން ރަން އަކީ ކޮންމެ އަހަރަކުވެސް އޫރިދޫން ބާއްވަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތަކީ އާއްމުންގެ ތެރޭގައި މަގުބޫލު ހަރަކާތެކެވެ.
މިގޮތުން މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި "ފަން ރަން" ގައި 5000 އަށް ވުރެން ގިނަ މީހުން ބައިވެރިވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް