ރަސްމީ ދަތުރުފުޅެއްގައި ޙާރިޖީ ވުޒާރާގެ ވަޒީރު މޫސާ ޒަމީރު އިއްޔެ އެމެރިކާއަށް ފުރާ ވަޑައިގެންފިއެވެ.
ވަޒީރު މި ދަތުރުފުޅުގައި މި މަހު 27 ގެ ނިޔަލަށް އެމެރިކާގައި މަޑުކުރައްވާނެއެވެ.
ވަޒީރުގެ މި ދަތުރުފުގައި އެމެރިކާ އަދި އދ ގެ އިސް ބޭފުޅުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ޙާރިޖީ ވުޒާރާއިން މައުލޫމާތުދެއެވެ.
ވަޒީރުގެ މި ދަތުރުފުޅު ފެށުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ވޮޝިންޓަން ޑީސީންނެވެ. އެގޮތުން ވޮޝިންޓަންގައި ޙާރިޖީ ވަޒީރު އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާއި، އެމެރިކާގެ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް އެޖެންސީގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ވޮޝިންގްޓަންގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލު ކުރައްވާނެ ކަމަށް ޙާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން އެމެރިކާގައި ހުންނަ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ ބައްދަލުވުމެއްގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް ޙާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް