މަސްވެރިންގެ ހައްގުގައި ހުށަހަޅަން އުޅުނު ކުއްލި މައްސަލަ، މެންބަރު ތަޅުމުގައި ނެތުމުން ކުރިއަކަށް ނުގެންދެވުނު

މަސްވެރިންގެ ހައްގުގައި އެމްޑީޕީން މިއަދު ހުށަހަޅަން އުޅުނު ކުއްލި މައްސަލަ ހުށަހެޅޭގޮތް ނުވެ ހިނގައްޖެއެވެ. އެގޮތުން އެ ކުއްލި މައްސަލަ ހުށަހަޅަން ނިންމާފައި އޮތީ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީ...

24 Jun 2024 | 07:57

މަސްވެރިންގެ ހައްގުގައި އެމްޑީޕީން މިއަދު ހުށަހަޅަން އުޅުނު ކުއްލި މައްސަލަ ހުށަހެޅޭގޮތް ނުވެ ހިނގައްޖެއެވެ.

އެގޮތުން އެ ކުއްލި މައްސަލަ ހުށަހަޅަން ނިންމާފައި އޮތީ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަސްވަނަ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލިސް ރައީށް އަބްދުއްރަހީމް އަބްދުﷲ އެކަން އިޢުލާނުވެސް ކުރެއްވެވިއެވެ.

އެގޮތުން ކުއްލި މައްސަލައެއް ލިބިފައިވާކަމަށާއި ކުއްލި މައްސަލަ ތަޅުމަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާ ކަމުގައި މަޖިލިސް ރައީސް އިއުލާނުކުރެއްވިއެވެ.

އެހެންނަމަވެސް އެއަށްފަހު މަޖިލިސް ރައީސް ވިދާޅުވީ ހުށަހެޅުއްވި މެންބަރު ތަޅުމުގައި ވަޑައިގެން ނެތުމުން ކުއްލި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން އިހްތިޖާޖު ކުރަމުން އަންނައިރު އިއްޔެ އެމްޑީޕީ ޕާލަމަންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ބުނެފައިވަނީ މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ހޯދާދިނުމަށްޓަކައި މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް