ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައުމަށް ފުރައިފި

މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން މައްކާއަށް ދިޔަ ޙައްޖުވެރިންގެތެރެއިން ފުރަތަމަ ގްރޫޕް ރާއްޖެ އައުމަށް ފުރައިފިއެވެ. ދިވެހި ޙައްޖު މިޝަނުން ބުނެފައިވާގޮތުގައި ފުރަތަމަ ގްރޫޕްގައި ރ...

24 Jun 2024 | 06:33

މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން މައްކާއަށް ދިޔަ ޙައްޖުވެރިންގެތެރެއިން ފުރަތަމަ ގްރޫޕް ރާއްޖެ އައުމަށް ފުރައިފިއެވެ.

ދިވެހި ޙައްޖު މިޝަނުން ބުނެފައިވާގޮތުގައި ފުރަތަމަ ގްރޫޕްގައި ރާއްޖެ އައުމަށް ފުރާފައިވަނީ 296 ޙައްޖުވެރިންނެވެ.

އެގޮތުން ފުރަތަމަ ގްރޫޕް ފުރާފައިވަނީ ރާއްޖޭ ގަޑިން ހެނދުނު 07:50 ގައެވެ. ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނެކަމަށް ލަފާކޮށްފައިވަނީ މިއަދު މެންދުރު 01:55 ގައެވެ.

މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔައީ 1150 ޙައްޖުވެރިންނެވެ. އެ ޙައްޖުވެރިންގެ ތެރެއިން އެއް ޙައްޖުވެރިއަކު ނިޔާވެފައިވާއިރު އެނދުމަތިކޮށްގެން އެއް ޙައްޖުވެރިއަކަށް ފަރުވާދެމުން އަންނަކަމުގައި ޙައްޖު މިޝަނުން ކުރިން ބުނެފައިވެއެވެ.

މި އަހަރު ދިވެހި ޙައްޖުވެރިން ޙައްޖުވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް