ފޭކް ޑިގްރީ ސެޓިފިކެޓެއްގެ މައްސަލައިގާ ތުހުމަތަށް، ރާއްޖޭގައި ކިޔަވާދެމުން އަންނަ އިންޑިއާ ޓީޗަރަކު އެ ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކެރަލާ ޕޮލިހުން ބުނެފިއެވެ.
އެގޮތުން އިންޑިއާ އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މި މައްސަލައިގާ އިންޑިއާއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގައި ކިޔަވައިދެމުން އަންނަ އަބިން ސީ ރާޖް ނަމަކަށް ކިޔާ ޓީޗަރެކެވެ.
އަބިން އެ ގައުމަށް ގެންދަން މަސައްކަތް ކުރަނީ އެ ސްޓޫޑަންޓް ފެޑެރޭޝަން އޮފް އިންޑީއާ (އެސްއެފްއައި) ގެ ކުރީގެ ކެރަލާ އޭރިއާ ސެކްރެޓަރީ ނިކިލް ތޯމަސް ނަމަކަށް ކިޔާ މީހަކު އެމް-ކޮމް ކޯހެއްގެ އެޑްމިޝަންގައި ފޭކު ޑިގްރީ ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގާ ސުވާލު ކުރުމަށެވެ.
މި މައްސަލައިގާ ނިކިލް ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައިވާއިރު ރާއްޖޭގައި މިވަގުތު ހުރި އަބިން އިންޑިއާއަށް ގެންދަން މަސައްކަތްކުރަނީ އެ ސެޓިފިކެޓް ނިކިލް އަށް ވިއްކި މީހަކީ އަބިން ކަމަށް ކޯޓުގައި ނިކިލް ބުނުމުންނެވެ.
ކޯޓުގައި ނިކިލް ބުނެފައިވަނީ އެ ސެޓިފިކެޓް އޭނާ އަބިން އަތުން ގަތީ ދެ ލައްކަ އިންޑިއަން ރުޕީސް ދީފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް