ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހަށް ގާސިމް ފާޑުވިދާޅުވީ މިއަދު ކުރިއަށްދިޔަ، ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މިހާރު މަނިކުފާނު ތި ހައްދަވަނީ ގޯސް މައްޗަށް ގޯސް، ހަރު އެއްޗެހި އަޅަމުން އަޅަމުން ގޮސް މިހާރު ދެން ނެތް ގޮބޮޅިވެސް ނާޅާ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދެން އިތުރަށް ކުރިމަތިލައްވައިގެން ތިމަންނަ ވެރިކަމަށް ވަޑައިގަންނަވާށޭ ކިޔައިގެން އުޅުމުގެ މާނައެއް ނެތް ކަމަށާއި ރައްޔިތުންނަށް މިއަދު ކަންކަން ސާފުވާކަމަށެވެ.
ވިއްކާލަން އުޅޭ ފަޅު ވިއްކުން ހުއްޓުވި މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ގާސިމް ވިދާޅުވީ އެކަމަކީ ސުޕްރީމް ކޯޓުން ނިމި އެންޓި ކޮރަޕްޝަނުން ނިމިފައިވާ މައްސަލައެއް ކަމަށާއި ސުޕްރީމް ކޯޓުން ނިންމީމަ ހުއްޓުވުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށްވެސް އަދި ރައީސަށްވެސް ނޯންނާނެ ކަމަށެވެ.
"މިވަރުގެ ޖަރީމާ ހިންގީމާ ކަމަކުނުދޭ އިޓް އިޒް ޓޫމަޗް، އިޓް އިޒް މޯދޭން އިނަފް ޔޫހޭވް ޓު ގޯ ބެކް، މިހާރު ދާންވީ ކަނޑާލަންވީ ގެއަށް" ގާސިމް ވިދާޅުވިއެވެ.
އެކަން ހުއްޓުވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާތީ ކަމުގައިވެސް ގާސިމް ތުހުމަތު ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް