މިރޭގެ މޫސުން: މެޓުގެ އިލްތިމާސަކީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުން

ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މިރޭވެސް މެޓުން އިލްތިމާސްކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މާދަމާގެ އިރު އެރުމާއި ހަމަ...

24 Jun 2023 | 14:53

ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މިރޭވެސް މެޓުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މާދަމާގެ އިރު އެރުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިރޭ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ނަމަވެސް އުތުރާއި މެދުރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެއެވެ. ވިލާގަނޑުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކަނޑުތައް ގަދަވާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މިރޭ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް