އަޟްހާ ޢީދު ބަންދާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ވަނީ ގޭމަރުންނަށް ހާއްސަ ޑޭޓާ ޕެކެއް - ގޭމް އޮން އެކްސްޓްރާ ޕެކް ތައާރަފްކޮށްފަ އެވެ.
މި ޕެކް މެދުވެރިކޮށް ގޭމަރުންނަށާއި ސްޓްރީމްކުރަން ޝައުގުވެރިވާ ފަރާތްތަކަށް 100 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބިގެންދާނެއެވެ. އެންމެ 500 ރުފިޔާގެ އަށް ލިބޭ ގޭމް އޯން އެކްސްޓްރާ ޕެކް އާއި އެކު ހާސްކަމެއްނެތި ގޭމު ކުޅެލާ ސްޓްރީމްކޮށް އަދި އިންޓަނެޓް ގެ އެހެނިހެން ބޭނުން ކުރެވޭނެ އެވެ.
ގޭމް އޮން އެކްސްޓްރާ ޕެކް އަކީ ގޭމް ކުޅޭ ފަރާތްތަކާއި ސްޓްރީމިން އަށް ޝައުގުވެރިވާ ފަރާތްތަކަށް އެންމެ ފުރިހަމަ ފަރުމާކުރެވިފައިވާ ޕެކެކެވެ. ގޭމްކުޅެ ސްޓްރީމް ކުރުމަށް ހާއްސަކޮށްފައިވާ 80 ޖީބީ ޑޭޓާ އެލަވަންސް މި ޕެކްގައި ހިމެނެއެވެ. މި ޑޭޓާ ބޭނުން ކުރެވޭނީ ގޭމިންގ ޕްލެޓްފޯރމްތަކަށެވެ.
80 ޖީބީގެ ގޭމިން އަދި ސްޓްރީމިން ޑޭޓާގެ އިތުރުން 20 ޖީބީގެ ރެގިއުލާ ޑޭޓާ ވެސް ހިމެނޭއިރު، އާއިލާ އާއި ރައްޓެހިންނާ ގުޅުންބަދަހިކޮށް އިންޓަނެޓް ބްރައުޒް ކޮރުމުގެ އިތުރުން އޮންލައިން އެހެނިހެން ކަންކަމަށް މި ޑޭޓާ ބޭނުންކުރެވޭނެއެވެ. މުޅި މަހަށް ޖުމްލަ 100 ޖީބީ އާއި އެކު ގޭމްއޮން އެކްސްޓްރާ ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް މި ޢީދު ބަންދަކީ ފުރިހަމަ ބަންދަކަށް ހެދޭނެއެވެ
ގޭމްއޮން އެކްސްޓްރާ ޕެކް އެކްޓިވޭޓް ކުރުމަށް، http://ore.do/gameonxtra ޒިޔާރާތްކޮށްލައްވާ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް