ވާގްނާ ޖަމާއަތުން ރަޝިޔާގެ އަޝްކަރިއްޔާއާއި ދެކޮޅަށް ނިކުމެއްޖެ

ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާއަށް އެނެމް ބޮޑު އެއް ބައިވެރިޔާ ކަމަށްވާ ވާގްނާ ކުލީ ސިފައިންގެ ޖަމާއަތުން ރަޝިޔާގެ އަޝްކަރިއްޔާއާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް މަސައްކަތް ފަށައިގެން ކުރިއަށް އެބަ...

24 Jun 2023 | 09:17

ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާއަށް އެނެމް ބޮޑު އެއް ބައިވެރިޔާ ކަމަށްވާ ވާގްނާ ކުލީ ސިފައިންގެ ޖަމާއަތުން ރަޝިޔާގެ އަޝްކަރިއްޔާއާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް މަސައްކަތް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

ވާގްނާ ޖަމާއަތުގެ އިސްވެރިޔާ ޔޭވްގެނީ ޕްރިގޯޒިން ވިދާޅުވެފައިވަނީ ރަޝިޔާގެ ސިޓީއެއް ކަމުގައިވާ ރޮސްޓޯވް-އޮން-ޑޮންގެ ހުރިހާ އަޝްކަރީ ޖަގަހަތަކެއް މިހާރު ހިފިއްޖެކަމަށެވެ. އަދި ޕްރިގޯޒިން ވަނީ ރަޝިޔާގެ އަޝްކާރީ ވެރިން އޭނަގެ ގާތަށް އައުމަށް ޑިމާންޑްކޮށްފައިވެއެވެ.

މި ގައްދާރުވުމާއި ގުޅިގެން ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕޫޓިން ވިދާޅުވެފައިވަނީ ގައުމު ދިފާއުކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމަށެވެ. އަދި ރަޝިޔާއާއި ދެކޮޅަށް ހަތިޔާރު ނެގި އެންމެނަށް އަދަބުދޭނެކަމަށެވެ. މީގެ އިތުރުން ރޮސްޓޯވް-އޮން-ޑޮންގައި އޮތް ހާލަތު ހަމަޖެއްސުމަށްޓަކައި ފަރުވާތެރި ފިޔަވަޅުތަކެއް އަޅާނެކަމަށެވެ.

ވާގްނާ ޖަމާއަތުގެ ވެރިޔާ ރަޝިޔާގެ އަޝްކަރީ ވެރިންނާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެންމެފަހުން މިދިޔަ ހުކުރު ދުވަހު ޕްރިގޯޒިން ވަނީ ޔޫކްރޭނުގައި ހަރަކާތްތެރިވާ އޭނަގެ ސިފައިންނަށް އަމާޒުކޮށް ރަޝިޔާގެ ސިފައިން ހަމަލާދީފައިވާކަމަށް ތުހުމަތުވެސް ކޮށްފައެވެ. މި ތުހުމަތާއި އެކު ބަދަލުހިފާނެ ކަމުގެ އިންޒާރުވެސް ޕްރިގޯޒިން ވަނީ ދީފައެވެ.

ޕްރިގޯޒިން ވިދާޅުވެފައިވަނީ މިއީ އަޝްކަރީ ބަގާވާތެއް ނޫންކަމަށާއި، މިއީ އިންސާފުގެ ހަރަކާތެއް ކަމަށެވެ. އަދި އެއްވެސް ބަޔަކު ވާގްނާ ޖަމާއަތާއި ދެކޮޅު ނުހެދުމަށް އެދެމުން ޕްރިގޯޒިން ބުނެފައިވަނީ އެމީހުންނާއި ދެކޮޅުހަދާ ކޮންމެ މީހަކީ ނުރައްކަލެއްގެ ގޮތުގައި ބަލައި އެފަރާތެއް ނައްތާލާނެކަމަށެވެ.

މޮސްކޯއަށް އަރައި އެގައުމުގެ އަޝްކަރީ ލީޑަރޝިޕް ބަދަލުކުރާނެކަމަށް ވާގްނާއިންވަނީ ވައުދުވެފައެވެ. ވާގްނާއަށް ނިސްބަތްވާ ޓެލެގްރާމް ގުރޫޕެއްގައި ރަޝިޔާގައި އާ ރައީސެއް ވަރަށް އަވަހާ ހުންނާނެކަމަށްވެސް ބުނެފައިވެއެވެ. ވާގްނާގެ މި އިންޒާރާއިއެކު މޮސްކޯގާއި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

ރަޝިޔާގައި މިވަގުތު އޮތް ހާލަތާއި ބެހޭގޮތުން ރައީސް ޕޫޓިންއަށް ވަގުތުން ހަބަރު އަރުވަމުން ގެންދާކަމަށް އެމަނިކުފާނުގެ ސްޕޯކޮސްޕާސަން ވަނީ މައުލޫމާތުދީފައެވެ. ޔޫކްރޭންގެ ރައީސް ޒެލެންސްކީގެ ގާތް ފަރާތަކުން ވާގްނާގެ މި ހަރަކާތް ސިފަކޮށްފައިވަނީ ޓެރަރިޒަމްއާއި ދެކޮޅަށް ހިންގާ ހަރަކާތެއްގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް