މާލޭގައި ރޭގެ ވަގުތެއްގައި އޭޓީއެމް މެޝިނެއް ފަޅާލަން މަސައްކަތް ކޮށްފިއެވެ.
ފަޅާލަން މަސައްކަތް ކޮށްފައިވަނީ އައިޖީއެމް ހޮސްޕިޓަލާއި އިންވެގެން ހުންނަ، ބޭންކް އޮފް މޯލްޑިވްސް ސެލްފް ސާވިސް ސެންޓަރުގެ އޭޓީއެމްތަކުގެ ތެރެއިން މެޝިނެކެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލުގެ ކައިރީގައި ހުންނަ އޭޓީއެމް މެޝިންތަކުގެ ތެރެއިން އެއް މެޝިނަށް ގެއްލުންދީފައިވާ މައްސަލައެއް ފަތިހު 5:11 ގައި ރިޕޯޓްކޮށްފައިވާކަމަށެވެ.
"މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިކަމުގައި ބޭންކްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ދުވަހަށް އެނގިފައިވާގޮތުގައި އެ އޭޓީއެމް ފަޅާލަން މަސައްކަތް ކުރިކަމަށް ބެލެވުނު ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް