ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުުރު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން) ކަމަށް ބެލެވޭ މީހަކު އިތުރު އަންހެނަކާއި ފިިރިހެނަކާއެކު ބަރަހަނާ ހާލުގައި އޮންނަ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފިއެވެ.
މި ފޮޓޯ ލީކުކޮށްލާފައިވަނީ ޓްވިޓާ އެކައުންޓަކުންނެވެ.
އެ ޓްވިޓާ އެކައުންޓުން މިރޭ މި ފޮޓޯ ލީކުކޮށްލީ ދުރާލާ އިންޒާރެއް ދިނުމަށްފަހުގައެވެ. އެ އިންޒާރު ނިސްބަތްކޮށްފައިވަނީ ފައްޔާޒް އިސްމާއިލަށެވެ.
އެ އިންޒާރުގައި ބުނެފައިވަނީ ރައީސް ނަޝީދާ "ކުޅުން ރީތި ނުވާނެ" ކަމަށެވެ. އެއަށްފަހު މިފޮޓޯ މިރޭ ލީކުކޮށްލާނެ ވާހަކަ ބުނެފައިވެއެވެ.
އެ ފޮޓޯއިން ފެންނަނީ ތިން މީހަކު އެނދެއްގައި ތިބޭތަނެވެ. އަނދުން ހުސެއިންކަމަށް ބެލެވޭ މީހާ އޮންނަނީ އެނދުގެ މެދުގައެވެ. އަންހެނަކު އެނދުގެ ބިއްދޮށުގައި އޮންނައިރު އެ އަންހެން މީހާގެ ގައިގާ އަނދުން ހުސެއިން ކަމަށް ބެެލެވޭ މީހާ އޮންނަނީ ބައްދާލައިގެންނެވެ. އަނދުން ހުސެއިންގެ މަގަތުގައި އޮތީ ފިރިހެނެކެވެ. ބެލެވޭ ގޮތުގައި އެ ފިރިހެން މީހާވެސް އޮތީ ބަރަހަނާ ހާލުގައެވެ.
މި ފޮޓޯއާއި ގުޅިގެން އަނދުން ހުސެއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ފުލުހުންވެސް މި ފޮޓޯއާއި ގުޅޭގޮތުން އަދި އެއްޗެއް ނުބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް