މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ތައާރަފުކޮށްފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ހިދުމަތް ހއ. އަތޮޅުގައި ފެށުމުގެ ގޮތުން ލޯންޗު ފެރީތައް އެ އަތޮޅަށް ފުރައިފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އާރުޓީއެލް ހިދުމަތް ހއ. ގައި ފެށުމުގެ ގޮތުން، އެ ކުންފުނިން ފަރުމާކޮށްފައިވާ ފަސް ލޯންޗު ފެރީ މިއަދު މެންދުރު ވަނީ ހއ. އަތޮޅަށް ފުރާފައި ކަމަށެވެ.
އަދި އެ ލޯންޗުތައް މާދަމާ ހއ. އަތޮޅުގެ ރަށްތަކަށް ގޮސް، އާދިއްތަ ދުވަހު ޙިދުމަތް ދޭން ފަށާނެކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އާރުޓީއެލް ހިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ހދ. އަތޮޅުގައެވެ. މި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅުވާލުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް