ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ގަލޮޅު ދަނޑުގައި ބާއްވަން އުޅުނު ޔޯގާ ހަރަކާތައް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައާއި ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ އެ މައްސަލައިގާ ...

24 Jun 2022 | 15:55

ގަލޮޅު ދަނޑުގައި ބާއްވަން އުޅުނު ޔޯގާ ހަރަކާތައް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައާއި ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ އެ މައްސަލައިގާ ރޭގެ ވަގުތެއްގައި އިތުރު ދެމީހަކު އަދި މިއަދުގެ ވަގުތެއްގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި ތިން މީހުންނާއެކު، މި މައްސަލައިގާ ހައްޔަރުކުރި މީހުންގެ ޖުމުލަ އަދަދު މިހާރުމިވަނީ 15 އަށް އަރާފައެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫންގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލްވެސް ހިމެނެއެވެ. އެމީހުންގެ ބަންދަށްވެސް މިހާރު މުއްދަތު ޖަހާފައިވާއިރު ފަހުން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖެހިކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް