މިއަދުން ފެށިގެން ޖުލައި 19ގެ ނިޔަލަށް އުމްރާވެވޭނީ ހަމަ އެކަނި ހައްޖުވެރިންނަށް!

މިއަދުން ފެށިގެން އަންނަ މަހުގެ 19 ގެ ނިޔަލަށް އުމްރާ ވެވޭނީ ހަމަ އެކަނި ހައްޖުވެރިންނަށް ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ކަނޑައަޅައިފި އެވެ. އެ މިނިސްޓްރީން މިއަދު...

24 Jun 2022 | 14:43

މިއަދުން ފެށިގެން އަންނަ މަހުގެ 19 ގެ ނިޔަލަށް އުމްރާ ވެވޭނީ ހަމަ އެކަނި ހައްޖުވެރިންނަށް ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ކަނޑައަޅައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ އުމްރާ ރެޖިސްޓްރްރޭޝަން ޕޯޓަލް ބަންދު ކުރެވިފައިވާ ކަމަށެވެ. އަލުން އެ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލީ ޖުލައި 19 ވަނަ ދުވަހު ކަމަށް ބުނެ އެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ ޖުލައި ހަތް ވަނަ ދުވަހެވެ. ސައުދީން ދަނީ ހައްޖުގެ އަޅުކަމަށް އެ ގައުމަށްދާ ހައްޖާޖީންގެ ކަންކަން އިންތިޒާމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އާންމުންނަށް އުމްރާވުމުގެ ފުރުސަތު މެދުކަނޑާލަން ނިންމީވެސް ހައްޖުވެރިންނަށް ފުރުސަތު ދިނުމަށެވެ.

މިއަހަރު އެއް މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާ ކުރަން ދާނެ އެވެ.

އޭގެ ތެރެއިން ބޭރު ގައުމުތަކުން 172،562 ހައްޖާޖީން މިހާރު ވަނީ ސައުދީއަށް ގޮސްފަ އެވެ. އެ ގައުމުން ހައްޖަށްދާ މީހުންވެސް ކުރިޔަށް އޮތް ހަފްތާ ތެރޭގައި މައްކާއަށް އެތެރެވާން ފަށާނެ ކަމަށް ސައުދީ ހައްޖު މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު އާންމުކޮށް ހުޅުވާލިފަހުން ބޭރު ގައުމުތަކުން މީހުން ހައްޖަށް ދާ ފުރަތަމަ އަހަރެވެ. 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިނީ ސައުދީ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ ކޮންމެ ގައުމެއްގެ ވަކި އަދަދެއްގެ މުސްލިމުންނަަށެވެ.

2019 ވަނަ އަހަރު 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކޮށްފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް