ގާނޫނީ ވަކީލު ނާޒިމް އަބްދުއްސަތާރު ކަމަށް ބެލެވޭ މީހަކާއި ބިދޭސީއަކު އެއް ޖިންސުން ޖިންސީ ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު ބިދޭސީ އެމީހާ އާއެކު އެތައް ބަޔަކު އެއްޖިންސުން ގުޅުންހިންގި ވީޑިއޯތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ފުލުހުން ބަލަމުން އަންނަނީ އެ ވީޑިއޯތައް ބޭނުންކޮށްގެން ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަތަކެކެވެ.
މިއަދު މީޑިއާއަށް މައުލޫމާތުދެމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިޑެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހް ވިދާޅުވީ ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައިކަމަށެވެ.
"މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެ ވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަ މިއަދުވަނީ ތަހުގީގުކުރަން ފަށާފައި" ތަރުޖަމާނު ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ މީހުން ބްލެކްމެއިލް ކުރާ ވާހަަކަ އޮތުމުން، އެއީ 2016 ވަަނަ އަހަރުގެ އެންޖެލިކް ޝެރޯން ވީޑިއޯތައްތޯ ދުވަހުން އެހުމުން ޔޫނުސް އިތުރަށް ވިދާޅުވީ ބަލަމުން އަންނަނީ އާ ވީޑިއޯތަކެއް ހިމެނޭ ބްލެކްމެއިލް ކުރުމުގެ މައްސަލަތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް