މިއަދު އާއްމުވި ވީޑިއޯގައި ހިމެނޭ މީހުންގެ ތަހުގީގު ފަށައިފިން: ޕޮލިސް

ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުން އަންނަ ވީޑީއޯގެ މައްސަލަ ބަލަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ. ޕޮލިހުން މިއަދު ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސ...

24 Jun 2022 | 10:59

ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުން އަންނަ ވީޑީއޯގެ މައްސަލަ ބަލަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ޕޮލިހުން މިއަދު ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު މީގެ ކުރިން ފުލުހުން ވަނީ ފަށާފައި ކަމަށެވެ.

"ސޯޝަލް މީޑިއާގައި މިއަދު އާއްމުވި ވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަ މިއަދު ވަނީ ތަހުގީގުކުރަން ފަށާފައި" ފުލުހުން ބުނެފައިވެއެވެ.

ފުުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށެވެ.

ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ފެންނަކަމަށްބުނާ، އެއް ޖިންސުން ގުޅުންހިންގާ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ދަައުރުވަމުން އަންނައިރު އެކަމަށް ނާޒިމް ވަނީ އިންކާރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް